ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)
އާސަހަރާގައި ޖަނާޒާއެއްގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް ހަމަލާދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ.

އެގޮތުން ފިއްޓޭ ޖަނާޒާގައި ހުންނަވަނިކޮށް، ދޮށީ އުމުރުގެ ފިރިހެނަކު ފިއްޓޭގެ ބުރަކަށީގައި ޖެހުމަށްފަހު ފުއްޕާފައި އުޅެން ބޭނުންނަމަ ރަށަށް ދިއުމަށް ބުނެފައިވާ ކަމަށްވެއެވެ.

އެމީހާއަށް ފިއްޓޭ އެއްވެސް ރައްދެއް ދީފައިނުވެއެވެ. އަދި ޙަމަލާ ދިންވަގުތު ފިއްޓޭ އެތަނުގައި އެއްވެސް ސިޔާސީ ވާހަކައެއް ދައްކަވާފައި ނުވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހަމައެއާއެކު ފިއްޓޭއަށް ހަމަލާދިން މީހަކީ ޢުމުރުން ދުވަސްވީ މީހަކަށް ވާތީ އެމައްސަލަ ފުލުހަށް ހުށައަޅާފައެއް ނުވެއެވެ. އަދި އެމީހާގެ އާއިލާއާ ވާހަކަ ދައްކައިގެން މި މައްސަލަ މިހާރު ވަނީ ހައްލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން