މަހިބަދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
މަހިބަދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
އދ. މަހިބަދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމާއި އަދި ނ. ވެލިދޫގައި ގާއިމް ކުރެވޭ ކޮމިއުނިޓީ ބޭސްޑް ރިހެބިކިޓޭޝަން ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަަށް ދާކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އަާރްޑީސީން ބުނީ މަހިބަދޫ ފުޓްސަލް ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށްދަނީ ފުޓްސަލް ދަނޑުގައި ހުރި ކުރީގެ ޓާފްތައްް ނެގުމުގެ މަސައްކަތް ކަމަށެވެ.



އަދި ވެލިދޫގައި ގާއިމް ކުރެވޭ ކޮމިއުނިޓީ ބޭސްޑު ރިހެބިލިޓޭޝަން ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން ފައުންޑޭޝަން، ކޮންކްރީޓު ލީން އަދި ފެންސު ޖެހުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އާރްޑީސީން ވަނީ ހާމަކޮށްފައެވެ.



ވެލިދޫ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުގައި ހިމެނިގެން ކުރެވޭ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން