ހދ އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ތެލެސީމިއާ ސްކްރީން ކުރުން، ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ހދ އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ތެލެސީމިއާ ސްކްރީން ކުރުން، ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނުގެ ދަށުން މިދިޔަ އަހަރު 6700 އަށްވުރެ ގިނަ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ކެމްޕޭނުގެ ދަށުން ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރުމު ފުރަތަމަ ފިޔަވަހި ފަށާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ކެމްޕޭނުގެ ދަށުން 124 ސްކޫލަކުން 6765 ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކޮށްފައިވާކަމަަށެވެ.

އަދި ހަމަ މިމުއްދަތުގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ސެޝަންތައް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ސެޝަންތަކުގައި 9976 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި ތެލެސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ދަށުން ތެލެސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދެމުން ދާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން