ކޮވިޑް-19 ޖެހިގެން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ދެ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ.
ކޮވިޑް ޖެހިގެން މިއަދު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ދިވެހި ފިރިހެނެކެވެ. އެ މީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 6:24 ގައި 60 އަހަރުގެ ފިރިހެނަކު ކޮވިޑް ޖެހިގެން ނިޔާވެފައިވާ ކަމަށެވެ. އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހއ. ކެލާގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 ޖެހިގެން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭ ވަނީ ނިޔާވެފައެވެ. އެޗްޕީއޭ އިން ބުނީ ރޭ 8:15 ގައި މަރުވީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
ރާއްޖެ އިން މިހާތަނަށް 8،741 މީހަކަށް ކޮވިޑް-19 ޖެހުނު އިރު، އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން ދިވެހިންގެ ތެރެއިން 5،515 މީހަކަށް މިހާތަނަށް ބަލި ޖެހުނު އިރު، ރާއްޖެއިން ބަލިޖެހުނު ބިދޭސީންގެ އަދަދަކީ 3،226 އެވެ. މި ބަލިން 6،157 މީހުން ރަނގަޅުވެފައިވާއިރު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތުގައި ތިބީ 10 މީހެކެވެ.
އެއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިވަނީ 31 އަށް އަރާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު