އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
އެއްވެސް ވަޒީރަކަށް އަމިއްލަ ކަމެއްގައި އެމްޑީޕީގެ މެންބަރުން ސުވާލު ނުކުރަށްވާނެ ކަމަށް އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް އެމްޑީޕީގެ މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަކީ މިއަދުގެ ސުވާލުގެ ދާއިރާގެ ބޭރުން ކުރަށްވާ ސުވާލުތަކެއް ކަމަށް މަޖިލީހުން ރިޔާސަތުން ވިދާޅުވުމުން ނާޒިލް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

ރިޔާސަތަށް ރައްދު ދެއްވަމުން ނާޒިލް ވިދާޅުވީ މަޖިލީހުގައި މެންބަރުން ވަޒީރުންނާއި ކުރަށްވަނީ މެންބަރުންގެ އަމިއްލަ ސުވާލުތައް ނޫންކަމަށެވެ. އަދި މެންބަރުން ކުރަށްވާ ސުވާލުތަކަކީ މެންބަރު ތަމްސީލު ކުރަށްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ވަޒީރު ބަލަހައްޓަވާ ވުޒާރާގެ ދާއިރާގެ ތެރޭގައި ހިމެނޭ ސުވާލުތައް ކަމަށް ނާޒިލް ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރުންނަށް ސުވާލުތަކަށް ތައްޔާރުވުމަށް ސާދަ ދުވަސް ދެނީ މަޝްރޫޢުތަކުގެ އަދާހަމަތައް ދަސްކުރަށްވައިގެން ވަޒީރު މަޖިލީހަށް ޙާޟިރުވުމަށް ކަމަށް ނާޒިލް ވިދާޅުވެފައިވެއެވެ.

ނާޒިލްގެ އިތުރުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލްވެސް ވަނީ ވަޒީރުން މެންބަރުންނަށް އެއްބާރުލުން ނުދެއްވާކަމަށް ވިދާޅުވެފައެވެ.

“މަނިކުފާނު ކީއްވެތޯ އަޅުގަނޑުމެންގެ ކޯލްތަކަށާއި މެސެޖުތަކަށް ޖަވާބުނުދެއްވަނީ؟ އަޅުގަނޑުމެން ޕާސަނަލް ކަމެއްގައި ނުގުޅަން.” އަމީން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ކުރެއްވި ގިނަ ސުވާލުތައް މިއަދުގެ ދާއިރާގެ ތެރެއަށް ނުފެތޭ ކަމަށް ރިޔާސަތުން ކަނޑައަޅުއްވާފައި ވާއިރު، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ވަޒީރަކު މަޖިލީހަށް ހާޒިރުކުރާ ދާއިރާއަކުން އިތުރު ސުވާލުކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން