ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއާ ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ރިޔާސަތުން ހުރަސް އެޅުއްވުމުން ބައެއް މެމްބަރުންގެ ނުރުހުން އަމާޒުވެއްޖެ އެވެ.
މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރީ ބިންވެރިޔާ ސްކީމުގެ ދަށުން ނުހައްގުން ބަޔަކަށް ގޯތި ދިން މައްސަލައާއި އަދި ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މައްސަލަ ހުއްޓިފައި އޮތް މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.
އަދި އެ ފުރުސަތުގެ ތެރެއިން ބައެއް މެމްބަރުން ވަނީ އިތުރު ސުވާލު މިނިސްޓަރާކޮށްފަ އެވެ.
އެގޮތުން ޕީއެންސީގެ މެމްބަރުން ހިމެނޭހެން އެމްޑީޕީގެ މެމްބަރުންވެސް ވަނީ އެކި މަޝްރޫއުތައް ހުއްޓިފައި ހުރި ސަބަބާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ 4000 ފްލެޓް ހަވާލުކުރެވޭ ދުވަހާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.
އަދި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފްވެސް ވަނީ ހއ. ކެލާ, ވަށަފަރު އަދި ފިއްލަދޫގެ މަގު ހެދުން ފެށޭނެ ދުވަހާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.
އޭގެ އިތުރުން ގއ. މާމެންދޫގައި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮންނާތީ ކޮލަމާފުށީ ދާއިރާގެ މެމްބަރު ވެސް ސުވާލު ކުރެއްވި އެވެ.
ނަމަވެސް އެ ތިން ސުވާލާއި އަދި އެހެން މެމްބަރުންވެސް މަޝްރޫއުތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކީ މިއަދުގެ މައުލޫއާ ނުގުޅޭ ސުވާލު ކަމަށް ބުނެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް އެ ސުވާލުތަކަށް ވަނީ ހުރަސް އަޅުއްވާފައެވެ.
ރިޔާސަތުން ތަކުރާރުކޮށް ސުވާލުތަކަށް ހުރަސްއަޅާތީ މަރަދޫ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒްތައް ރިޔާސަތުން ހަނިކުރަމުންދާ ކަމަށެވެ.
"މަނިކުފާނު ނުޖެހޭނެ ކޮންމެހެން އަޅުގަނޑުމެން ކުރާ ސުވާލަކީ އެއީ ކޮންމެހެން ރަނގަޅު ސުވާލެއްތޯ ބަލާކަށެއް. ވަޒީރާ ގުޅޭ ސުވާލެއް ވީމަ ވަޒީރު ޖަވާބު ދެއްވީމަ އެ ނިމުނީ. މަނިކުފާނު އަޅުގަނޑުމެން ހުއްޓުވާކަށް ނުޖެހޭނެ." ދީދީ ވިދާޅުވި އެވެ.
މެމްބަރުންގެ ސުވާލުތަކަށް ރިޔާސަތުން ހުރަސް އެޅުއްވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު