ރ. ފުއްގިރީގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދިފާޢުގައި ހެކިބަސް ނުދޭން ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުالله ސައީދު ނިންމައިފިއެވެ.
މި މައްސަލަ އަކީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ޔާމީންގެ މައްޗަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައެކެވެ. މި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާއިރު މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ނަރީޝް އާއި ޝުއާއުالله އެވެ.
މި މައްސަލައިގައި ހިޔާނާތްތެރިވި ކަމަށް ޔާމީންގެ މައްޗަށް ތުހުމަތު ކުރާއިރު އޭނާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ދައުވާކޮށްފަ އެވެ. ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އަދި ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.
މިއަދު ކުރިޔަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ހެކި ބަސް ނެގުން ކުރިން ތާވަލް ކުރެވިފައި އޮތީ އަހުމަދު ކުރިކު ރިޒާ، އަބްދުالله ރަޝީދު، ޝުޢާއުالله ސައީދު އަދި އަހުމަދު ނަރީޝުގެއެވެ. މި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ނަރީޝް އާއި ޝުޢާއުގެ ހެކިބަސްދެއްވަން އުޒުރުވެރިވާކަން އަންގައި، ކޯޓަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު