ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19 އަށް 93 މީހަކު ޕޮޒިޓިވްވެ131 މީހުން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ އަލަށް ޕޮޒިޓިވްވި 93 މީހުންގެ ތެރެއިން 67 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 13 މީހަކާއި، ޔޫ.އޭއީގެ މީހެކެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 86 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ވެސް 3 މީހުން ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8834 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 131 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6288 އަށް އަރާފައެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 31 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު