އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަނީ
އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަނީ
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް މިހާރު އެގައުމުގައި ތިބެގެން ދިވެހި އީ-ޕާސްޕޯޓު ލިބޭނެ ގޮތް މަގުފަހިވެފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މީގެ މަގްސަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.



ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރުމުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާފައިވަނީ މިއަދު އެވެ.

އެގޮތުން މި ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

މިއީ ރާއްޖެއިން ބޭރުގެ ގައުމެއްގައި މި ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މާދަމާ އިން ފެށިގެން އެ ހިދުމަތް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން