ފަސް މީހުންނާއެކު ގދ. ގައްދޫއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ އެވެ.
ފުލުހުން ރޭ ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުންދާކަމަށެވެ.
އޭގެ ފަހުން އެމްއެންޑީއެފުން މިއަދު ބުނީ ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު ގއ. ވިލިނގިލި އިރުއުތުރުން 48 މޭލު ބޭރުން އެ ދޯނި ފެނިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި ފެނުނު އިރު އޮތީ އިންޖީނު ހުއްޓިފައި ކަމަށެވެ.
"ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ." ފުލުހުން ބުންޏެވެ.
އެ ދޯނީގައި ތިބީ 3 ދިވެހިންނާއި 2 ބިދޭސީން ނެވެ.

ކިޔުންތެރިންގެ ހިޔާލު