ސިނގިރެޓް އޮޅާ ސާމާނުވެސް މަނާކުރަން ގާނޫނުނަށް އިސްލާހުގެންނަން ބިލެއް ހުށަހަޅައިފި އެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުންކަމަށް ބުނެ ސިނގިރެޓް އޮޅާ ސާމާނުވެސް ހިފެހެއްޓި އެވެ. ނަމަވެސް ފަހުން ގާނޫނުގައި ކަނޑަައެޅިގެން އެގޮތަށް ބުނެފައިނުވާ ކަމަށް ބުނެ އެ ތަކެތި ދޫކޮށްލުމަށް ފަހު، ފަހުން ވަނީ ގަވައިދަކުން އޮޅާ ސާމާނު މަނާކޮށްފަ އެވެ.
މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގޮތުން ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ތެރޭގައި އޮޅާ ސާމާނުގެ ވާހަކަ ވަކިން ހިމަނައިފަ އެވެ.
އެގޮތުން ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައިވާ މެޝިނަރީއާއި އާލަތްތަކުގެ ތެރޭގައި "ދުންފަތް އޮޅާ ކަރުދާހަަށް ދުންފަތް އެޅުމަށް ފަހު އޮޅައި، ސިނގިރެޓް ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކްކުރާ ތަކެތި" ހިމެނޭ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް މިދިޔަ އަހަރު ނިމެން އުޅެނިކޮށް ފާސްކުރި އާ ގާނޫނާއެކު ސިނގިރެޓްގެ އަގު ބޮޑުވެ ސިނގިރެޓް އޮޅައިގެންނާއި "ބިޑި" ފަދަ ތަކެތި އޮޅައިގެން ބުއިން ވަނީ އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު