މެމްބަރު މީކާއީލް---
މެމްބަރު މީކާއީލް---
ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ މަޖިލީހުގެ މަސައްކަތްތަމާމެދު ބޮޑެެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ.

އެގޮތުން ވަޒީރުންނާ ސުވާލުކުރަން މަޖިލީހުގެ ރައީސް މެދުވެރިކޮށް ނޯޓިސް ފޮނުވުމުން އެތައް ދުވަހެއްވާ އިރު ވެސް އެ ވަޒީރުން ހާޒިރުނުކުރެވޭކަން ގަރާރުގައި ފާހަގަކުރި އެވެ.

އަދި ބައެއް ވަޒީރުންނާ ސުވާލުކުރުން މަޖިލީހުގެ އެޖެންޑާގައި ހިމެނުން މަޖިލީހުގެ ރައީސް ލަސްކުރަމުންދާކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

އޭގެ އިތުރުން މަގުބޫލު ސަބަބެއް ނެތި ޖަލްސާތައް ނުބާއްވާކަން ވެސަ ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން މިއީ މަޖިލީހުގެ ދުސްތޫރި ވާޖިބު އަދާކުރަން ހުރަސް އެޅުންކަމަށް ބުނެ އެކަމުގައި މަޖިލީހުގެ މެމްބަރުނަ ދެކޭގޮތް ދެނެގަތުމުގެ ގޮތުން ގަރާރު ހުށަހެޅީކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން