ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ރައްދުވާ ވަޒީރާއި، ސުވާލު ހުށަހަޅުއްވާ މެމްބަރުން ރާއްޖޭގައި ނުތިއްބަވާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މެންބަރުން ވަޒީރުންނާ ސުވާލުކުރަން ހުށައެޅުމުން ލަސްވާތީ މިއަދު އިދިކޮޅު އެމްޑީޕީން ހުށައެޅި ގަރާރަށް ބަހުސް ކުރަން ފެށުމުގެ ކުރިން މި މައްސަލައާމެދު ވާހަކަ ދައްކަވަމުންނެވެ.
ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވަޒީރުން ހާޒިރުކުރުން ލަސްވަނީ އެ ބޭފުޅުންނާއި އަދި ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ.
ނާޒިމް ވިދާޅުވީ ވަޒީރަކަށް ސުވާލެއް ފޮނުވައި ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމަށް ފަހު، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް ކަމަށެވެ. އަދި ހަމަ އެގޮތަށް ސުވާލު ކުރެއްވި މެމްބަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ޖަލްސާއަށްވެސް ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރެއްވި ކަން ފާހަގަ ކުރަމުން ނާޒިމް ވިދާޅުވީ އެ ސުވާލު ހުށަހެޅުއްވި މެންބަރު ރާއްޖޭގައި ނެތުމުން އެކަން ނުކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ އެ މެމްބަރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށެވެ.
ނާޒިމް ވިދާޅުވީ ހަމަ މި ސަބަބާހުރެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރަން ބެއްލެވި ސުވާލު ވެސް އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ ވަޒީރުންނާ ކުރަން މިހާރު މެންބަރުން ހުށަހަޅުއްވާފައި ހުރި ސުވާލުތަކުގެ ތެރެއިން ގާނޫނީ ގޮތުން ވަޒީރުންނަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވެފައި ހުރި ސުވާލުތައް ރައްދުވާ ވަޒީރުން މި ވަގުތު ތިއްބެވީ ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރުގައި ކަމަށެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ވަޒީރުން ހާޒިރުނުކޮށް ލަސްކުރަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެ މަނިކުފާނު ގެންދަވަނީ ސަބަބެއް ނެތި ޖަލްސާތައް ނުބާއްވައި ކެންސަލްކުރަމުން ކަމަށެވެ. އަދި އެހެންވެ، ސަރުކާރު ޖަވާބުދާރީކުރުމުގެ ވާޖިބު އަދާކުރަން ހުރަސްއެޅޭ ކަމަށް އެ ގަރާރުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު