މިއަދު ސަރުކާރަށް މަޖިލީހުގެ ބޭނުމެއް އޮތްކަމަށް ފެނިގެން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ދައުރު ފެށުމާއިއެކު ސަރުކާރުން މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި މަސައްކަތްތައް ކުރަމުންދާތަން ފެނިގެންދާކަމަށެވެ.
އެގޮތުން ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް، މެމްބަރުންގެ ބާރުތައް ޕާޓީތަކުގެ އޮފީހަށް ބަދަލުކުރި މަންޒަރު ފެނިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ޖަލްސާތައް އެއްވެސް ސަބަބެއް ނެތި ކެންސަލް ކުރަމުންދިޔަ މަންޒަރު ފެނިގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ރައްޔިތުންނާއި ގުޅުންހުރި އެތައް ކުއްލި މައްސަލައެއް މަޖިލީހަށް ހުށައަޅުއްވާފައިވާނެ ކަމަށާއި، އެހެންނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި ޝަރުތު ހަމަވާ ގޮތެއް ނުވިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާއި ގުޅުންހުރި އެތައް ސުވާލެއް ވަޒީރުންނާއި ކުރިމަތިކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މަސް ދެމަސް ހޭދަވެގެންދިޔައިރު އަދި މަޖިލީހަށް ހާޒިރުކުރެވިފައިވަނީ ދެ ވަޒީރަކުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކޮމިޓީތަކަށް ވަޒީރުން ގެނައުންވެސް އެއްކޮށް ހުއްޓާލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝަމްހީދު ވިދާޅުވީ މި އަހަރަށް މަޖިލީހުން ބަޖެޓެއް ފާސްކޮށްފައިވާއިރު އެ ފައިސާއިން ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމައި ތާރީހުވެސް ކަނޑައަޅާފައި ވާކަމަށެވެ. އެހެންނަމަވެސް އެކަންކަން ހިނގަމުންދާކަން ނުވަތަ ނުހިނގާކަންވެސް މަޖިލީހަށް ސާފުނުވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުން ކުރާ އެންމެ ބޮޑު މަސައްކަތަކީ ބަޖެޓު ފާސްކުރުން ކަމަށްވާއިރު އެޕްރިލް މަހުގެ އެއް ވަނަ ދުވަހުންފެށިގެން ޑައިރެކްޓް ސަބްސިޑީ ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މޭ މަސް ފެށޭއިރުވެސް އެކަން ކުރެވެމުންދަނީ ކުރިން އޮތް ގޮތަށް ކަމެއް ނޫނީ ފާސްކުރި ބަޖެޓާއި އެއްގޮތަށް ކަމެއް ސާފުނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން މިމައުލޫމާތުތައް މަޖިލީހާ ހިއްސާ ކޮށްފައި ނުވާކަން ފާހަގަ ކުރަމުން ޝަމްހީދު ވިދާޅުވީ މިއަދު ސަރުކާރަށް މަޖިލީހުގެ ބޭނުމެއް އޮތްކަމަށް ފެނިގެން ނުދާކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން އުޅޭކަމުގެ އަޑުތައް އިވެމުންދާކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަޖެޓަށް ވަމުންދާގޮތް މަޖިލީހަށް ނޭނގޭ ކަމަށާއި، މަޖިލީހުން ފާސްކުރި ބަޖެޓާ އެއްގޮތަށް އެއްވެސް ކަަމެއް ކުރިއަށް ނުދާ ކަމަށެވެ.
އަދި ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު