އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު
އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު
ޕާޓީ ކުރުން އާންމުވީ ނިމިގެން ދިޔަ ސަރުކާރުގެ ދުވަސްވަރުކަމަށް ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން އަދި ހޯމް ލޭންޑްގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 18 ވަނަ ދުވަހު އަންހެނަކު ފުރާޅު މައްޗަށް ވެއްޓުނު މައްސަލަ ހޫނުވެފައިވާއިރު، އޭނާ ވެއްޓުނު ރޭ ބަޔަކާއެކު ޕާޓީކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި ޕާޓީ ކުރީ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިިރިއުޅުއްވާ ގޭގައި ކަމަށްބުނެ ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް އެންޑީއޭގެ ޗެއާޕާސަން ލުބުނާ ރޭ އެކްސްގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު ޒުވާނުން ތިބީ ބިރަކާ ނުލާ މަޖާކޮށްކޮށް ކަމަށެވެ.

"ޕާޓީ ކުރުން އާންމުވެފައި ވަނީ 2018 އިން 2023ވީ އިރު" ލުބުނާ ވިދާޅުވި އެވެ.

ލުބުނާ އެފަދައިން ވިދާޅުވި އިރު، ޕާޓީ ޑްރަގްސް ބޭނުންކުރުން އާންމުވެފައިވާ ކަމަށް އެންޑީއޭއިން މިދިޔަ އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ.

އެންޑީއޭއިން ބުނީ ގިނަ ބަޔަކު ޕާޓީ ޑުރަގު އެންމެ ފުރަތަމަ ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ލައިގެން ގޮސް ގިނަ ބަޔަކު މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ކަމަށެވެ.

އަދި އެއާއެކު އޭގެ ވަބާގައި ޖެހި ސިއްހީ ގޮތުންނާއި ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް އެ ފަރާތްތަކަށް އެތަކެއް މައްސަލަތަކެއް ކުރިމަތިވަމުންދާކަން އެންޑީއޭއިން ފާހަގަކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން