ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމުގައި ވަކި ބައެއްގެ ފަސްބައި ސާފުކުރުމަށް ނޫޅުއްވައި ޤައުމާއި ރައްޔިތުންގެ ހައްގު އިސްކުރެއްވުމަށް ކުރީގެ ނައިބް ރައީސް ޑރ.މުހަންމަދު ޖަމީލް އަހުމަދު ސިފައިންނަށް ގޮވާލައިފިއެވެ.
ސިފައިންނަށް ތައުރީފު ކުރައްވައި، ނަސޭހަތުގެ ބަސްކޮޅެއް ހިއްސާ ކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ މިއަދު ރާއްޖެ ދެކެމުން މިދާ ދުވަސްތަކާއި ރާއްޖެ އައިސްފައިވާ ހިސާބަކީ ވަރަށްގިނަ ބައެއްގެ މަތިވެރި ޤުރުބާނީކަމަށެވެ. އަދި މި ޤައުމުގެ ސަލާމަތީ ބާރުތަކުގެ ތެރެއިން ދިވެހިން އަބަދުވެސް ފަހުރުވެރިވާ ދިވެހި އަސްކަރިއްޔާއަށް މިއަދާއި ހަމަޔަށް އާދެވިފައިވަނީ އެތައް ޝަހީދެއްގެ ލޭ މިފަސް ގަނޑަށް އޮހޮރުވައިގެންކަމަށް ޖަމީލް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާގައި ހުވާކޮށްގެން ތިއްބެވި ކޮންމެ ދަރިއަކީވެސް ޤާބިލް ހަރުދަނާ އަދި ތައުލީމް ލިބިފައިވާ ބަޔަކަށްވާއިރު ޤައުމުގެ ހައްގުގައި ނިކުންނަން ފަސްނުޖެހޭނެކަމީ ޔަގީންވާކަމެއްކަމަށް ޖަމީލް ވީދާޅުވިއެވެ. އަދި މިއަދު ވަކި ބަޔަކު ބުނެގެން ނުވަތަ ދޭ އޯޑަރަކަށް ވަކި ބައެއްގެ ފަސްބައި ސާފުކުރުމަށް އުޅުމަށްވުރެ ކޮށްގެން ތިބި ހުވަޔާއިއެއްގޮތަށް މިވަތަނާއި ޤާއުމުގެ ހައްގުގައި ގުރުބާން ވެގެންވެސް ޤައުމު އިސްކުރުމަށް ޑރ.ޖަމީލް ވަނީ އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ.
"ދިވެހިންނަކީ ނަސީބުވެރި ބައެއް. އެމްއެންޑީއެފް އެހިސާބަށް އައީ އެތަށް ޝަހީދުންގެ ލޭ ޤުރުބާން ކޮށްގެން. ތިޔައީ ހުނަރުވެރި ޤާބިލް އަދި އިލްމީ ދަރިންތަކެއް. ރައްޔިތުންގެ އަޑު އައްސަވާ ވަކި ބައެއްގެ ފަސްބައި ސާފުކުރަން ނޫޅުއްވާ. ހުވަޔާއި އެއްގޮތަށް ފުރާނައިން ޤުރުބާން ވާންވެސް ޤާއުމިއްޔަތު އިސްކުރައްވާ." ޑރ.ޖަމީލް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިދުވަސް ވަރު ރާއްޖެއާއި އިންޑިޔާއާއި ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުން އިންޑިޔާއިން ހޯދަމުންދާ އެހީތެރިކަމާއި މާލީ މަންފާގެ ބަދަލުގައި ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ކަންކަން ދިވެހި ސަރުކާރުން ކުރަމުންދާކަމަށް ދަނީ ބުނަމުންނެވެ.
ރާއްޖޭގައި އިންޑިޔާގެ ސިފައިން ގާއިމްވުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުތަކެއްކޮށް އެކަމާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ :އިންޑިޔާ އައުޓް" ގެ ނަމުގައި ކެންޕެއިނެއްވެސް ކުރަމުންނެވެ. އަދި ދާއިދިފަހުން އިންޑިޔާގެ އަސްކަރިއްޔާގެ ދެ ފްލައިޓެއް ހަނިމާދޫއަށް ޖައްސައި އެބޯޓު ތަކުން އައި އިންޑިޔާގެ ސިފައިން ކަރަންޓީން ވުމެއްނެތި ރަށު ތެރެއަށް އަރައި އުޅުނު މައްސަލާގައިވެސް އިދިކޮޅުންވަނީ ވަރަށްބޮޑަށް ފާޑުކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު