ހުސްވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސިީއެސްސީ)ގެ ނާއިބު ރައީސްގެ މަގާމަށް މއ. ސިގްމާ, މުހައްމަދު މުޖުތާޒް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުޖުތާޒަށް ރުހުން ދޭން މަޖިލީހުގެ ތަޅުމުން ފާސްކުރީ 64 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
މުޖުތާޒް ސީއެސްސީގެ މެމްބަރުކަމަށް އައްޔަނުކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
މުޖްތާޒު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިފަ އެވެ. އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފައެވެ.
ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކުރިން މެމްބަރެއްގެ ގޮތުގައާއި އަދި އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު