އަދާލަތު ޕާޓީއާ އަލުން ގުޅި ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތް ކުރި އެ ޕާޓީއަށް އަލުން ވަނުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި ޕާޓީގެ އާ ރައީސަކު ހޮވުމަށް މިއަހަރު ފަހުކޮޅު ބާއްބާ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޝަހީމް އަދާލަތު ޕާޓީގައި އުޅުއްވީ މީގެ 12 އަހަރު ކުރިންނެވެ.
އަދާލަތު ޕާޓީ އަކީ ނިމިގެން ދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމުނުފަހުން އެ ޕާޓީގެ މާބޮޑު ހަރަކާތެއް ނުފެނެ އެވެ.

އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް @AdhaalathOffice އަލުން ވަނުމަށް ނިންމައިފީމެވެ. މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 30, 2025
މިނިސްޓަރ ޝަހީމް އަދާލަތު ޕާޓީގައި އުޅުއްވީ މީގެ 12 އަހަރު ކުރިންނެވެ.
އަދާލަތު ޕާޓީ އަކީ ނިމިގެން ދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމުނުފަހުން އެ ޕާޓީގެ މާބޮޑު ހަރަކާތެއް ނުފެނެ އެވެ.
ކިޔުންތެރިންގެ ހިޔާލު