އައްޑޫ ހިތަދޫ ވެމްކޯ ބްރާންޗްގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފަކު ކުއްލިގޮތަކަށް ވަަޒީފާއިން ވަކިކުރުމުން އެކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ހަފްތާގައި އައްޑޫސިޓީއަށް އެމްޑީޕީން ކުރި ދަތުރާ ގުޅުވައިއެ ޕާޓީއަށް ނިސްބަތްވާ ދެ މެންބަރަކު ވަޒީފާއިން ވަކިކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެމްޑީޕީން ބުނީ، ހިތަދޫ ވެމްކޯ ބްރާންޗްގައި މަސައްކަތް ކުރާ އެ ބްރާންޗްގެ މެނޭޖަރ މޫސާ މުޙައްމަދު އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު އަފްޒަލް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން މިއަދު އެ މީހުންނަށް ފޮނުވާފައިވާކަަަމށެވެ.

އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަމަށްވާއިރު އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކި ކުރުމަކީ މި ރާއްޖޭގައި މި ވަގުތު ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމުގެ އަލިގަދަ ހެއްކެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެ ޕާޓީން ބުނީ، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މޭ ޑޭ މާދަމާ ފާހަގަކުރާއިރު ސަރުކާރުން ރާއްޖޭގެ މަސައްކަތްތެރިންގެ ހަައްގުތައް ނިގުޅައިގަނެ އެތައް އާއިލާއެއް ހާލުގައި ޖައްސަލަމުން ދާކަމަށެވެ. އަދި އެކަމާ ދެކޮޅު ހެދުމުގެގޮތުން މާދަމާ އެންމެހާ ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ވަޒީފާއިން ވަކިކުރި ދެ މުވައްޒަފުން ވަކިކޮށްފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާތީ ކަމަށް ބުނެކަމަށް، އެ މުވައްޒަފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން