ފްރޮންޓްލައިން އެލަވަންސް ދިނުމުގައި ތަފާތު ކުރުން ގެންގުޅޭތީ ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުން މުޒާހަރާކުރި މައްސަލައިގައި ޔުނިޓްތަކުގެ ހެޑުން ޑީމޯޓްކޮށް ފިޔަވަޅު އަޅައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުން މުޒާހަރާކުރީ ކޮވިޑް-19ގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ ފްރޮންޓް ލައިން އެލަވެންސް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ އެވެ. މުޒާހަރާ ކުރި ބައެއް ނަރުހުން ބުނީ ކޮވިޑް-19 ގެ އެލެވެންސް ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެއްވެސް ނަރުހަކަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެލަވެންސް ލިބިފައިވަނީ ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީސް ތަކުގައި މަސައްކަތް ކުރާ ނަރުހުންނަށް ކަމަށް މުޒާހަރާކުރި ބައެއް ނަރުހުން ބުނެފައިވެއެވެ. އެކަމަކު އެ ނަރުހުންނަށް ވެސް އެލަވެންސްގެ ގޮތުގައި ލިބުނީ މަދު އަދަދެއް ކަމަށާއި، އެލަވަންސް ދޭ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ކަމަށް ގަބޫލުނުކުރާ ކަމަށް މުޒާހަރާ ކުރި ނަރުހުން ބުނެ އެވެ.
މި އިހުތިޖާޖަށް ފަހު ހުޅުމާލޭ ހޮސްޕިޓަލުގެ ޑިޕާޓްމަންޓް ތަކުގެ ޔުނިޓްތަކުގެ ހެޑުން ޑީމޯޓްކުރި ކަން މިހާރު ވަނީ އަންގާފައެވެ. އެފަރާތްތަށް ޑީމޯޓްކޮށް ފިޔަވަޅު އަޅާފައިވަނީ ވަކި ސަބަބެއް ވެސް ނާންގައެވެ. ހުޅުމާލޭ ހޮސްޕިޓަލުން "ރަސް އޮންލައިން" އާއި ވާހަކަ ދެއްކި ނަރުހަކު ބުނީ ޑީމޯޓްކުރި ޔުނިޓްތަކުގެ ހެޑުން ވެސް ދެން މަސައްކަތް ކުރަންޖެހޭނީ އާދައިގެ ނަރުހުން ވެސް މަސައްކަތް ކުރާ އުސޫލުންނެވެ. އެ މަގާމު ތަކަށް އަލަށް މީހުން ނަގަންދެން އެގޮތަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް މެނޭޖްމަންޓުން އެންގި ކަމަށް އޭނާ ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އޭނާ ބުނީ ނަރުހުން މިހާރު ތިބީ ވަޒީފާ ގެެއްލިދާނެ ކަމުގެ ބިރުގައި ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލު ގޯތިތެރޭގައި ނަރުހުން ކުރި މުޒާހަރާގައި އެލަވަންސް ދިނުމުގައި ތަފާތު ކުރުން ހުއްޓާލުމަށް ނަރުހުން މުޒާހަރާގައި ގޮވާލިއެވެ. ލޯންޑްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ބައެއް ޑޮކްޓަރުންނަށް އެލަވެންސް ދީފައިވާއިރު ނަރުހުންނަށް އެލަވަންސް ނުލިބޭ ކަމަށް އެމީހުން ބުނެޏެވެ. އެލަވަންސް އާއި ބެހޭ ގޮތުން އިސް ފަރާތްތަކަށް އެ ޝަކުވާ ހުށައެޅި ކަމަށް ނަރުހުން ބުނެ އެވެ. އެ މީހުންގެ ޝުއުރޫތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ކުރި މި މުޒާހަރާގައި ގާތްގަޑަކަށް 30 ނަރުހުން ބައިވެރިވިއެވެ.
ފްރޮންޓްލައިން އެލަވެންސްގެ މައްސަލާގައި އިހްތިޖާޖު ކޮށްފައިވާއިރު އެލަވެންސްގެ ގޮތުގައި މިހާތަނަށް 33 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު