ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީގެ ތެރޭގައި ޚިލާޔާލު ތަފާތުވާ ކޮންމެ ފަހަރަކީ އިދިކޮޅު ފަރާތްތަކަށް އެމްޑީޕީގެ ބަދަހި ސަފުތައް ފޫއަޅުވާލަން ލިބޭ ފުރުސަތެއް ނޫންކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް ރައީސް ނަޝީދު ފެއްޓެވި މަސައްކަތާއެކު އެމްޑީޕީގެ ލީޑަރޝިޕްގައި ވަރުގަދަ ޚިޔާލުތަފާތުވުން ތަކެއް އުޅޭކަމަށް އެމްޑީޕީގެ މެމްބަރުންވެސް ދަނީ ބަނަމުންނެވެ. ޚާއްސަކޮށް ރައީސް ޞާލިހާއި، ޕާޓީގެ ރައީސް ނަޝީދާ ދެބޭފުޅުންގެ މެދުގައި މިކަމާއިމެދު ވަރަށްބޮޑަށް ޚިޔާލު ތަފާތުވެ މިކަމުގައި އާންމު މެމްބަރުންވެސް ދަނީ ވަކި ކޮޅެއް ޚިޔާރު ކުރަމުންނެވެ.

ރައީސް ނަޝީދު އިއްޔެ ވަނީ މިނިސްޓަރ ފައްޔާޒު މަގާމުން އެކަހެރިވެ ވަޑައިގެންނެވުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް މިނިސްޓަރ ފައްޔާޒްވަނީ އޭނާ މަޤާމުން އެކަހެރިވެ ވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. މިއާއިއެކު އެމްޑީޕީގެ ތެރޭގައި މިކަމުގައި ވަރަށްބޮޑަށް ޚިޔާލް ތަފާތުވެ "ދެވެރިންގެ" ދޭތެރޭގައި އާންމު މެމްބަރުންނާއި މަޖިލިސް މެމްބަރުންވެސް ވަނީ ތާށިވެފައެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ޚިޔާލް ތަފާތުވުންތަކުގެ ބޭނުން އިދިކޮޅުން ނަގަން އުޅޭތީ އެކަމަށް އިޝާރާތް ކުރައްވައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އަބަދުވެސް އެކި ކަންކަމުގައި ޚިޔާލް ތަފާތުވުން އޮންނާނެކަމަށެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުން ޚިޔާލް ފާޅުކުރުމާއި ބަސްބުނުމަށް ތާއީދު ކުރާ އެކަމަށް މަރުހަބާ ކިޔާ ޕާޓީއެއްކަމަށެވެ.

އެމްޑީޕީގެ ތެރޭގައި މިއަދު އޮތް ޚިޔާލް ތަފާތުވުންތަކަކީ އެކަމުން އިދިކޮޅު ފަރާތްތަކަށް އެއްވެސް ފައިދާއެއް ނެގޭވަރުގެ ކަމެއްނޫންކަމަށް ނިހާދު ވިދާޅުވިއެވެ. އަދި މިއީ އެމްޑީޕީގެ ބަދަހި ސަފުތައް ފޫއަޅުވާލައި އެމްޑީޕީ ބައިބައި ކޮށްލުމަށް އިދިކޮޅު ފަރާތްތަކަށް ލިބިގެންދާނެ ފުރުސަތެއްވެސް ނޫންކަމަށް ނިހާދު ވިދާޅުވިއެވެ. އެމްޑީޕީގެ ތެރޭގައި މިފަދަ ޚިޔާލުތަފާތުވުމެއް އުފެދޭ ކޮންމެ ފަހަރަކު އެމްޑީޕީ ބައިބައިވެ ޕާޓީ ހަލާކުވީކަމަށް ހީކޮށް އިދިކޮޅު ފަރާތްތަކުން އުފާފާޅުކޮށް ހަދާފައި އެބަހުރިކަމަށް ނިހާދު ވިދާޅުވިއެވެ.



"އެމްޑީޕީގެ އެތެރޭގެ ހިޔާލް ތަފާތުވުމެއް އޮތުމަކީ އަދި އެމްޑީޕީގެ ސަފުތައް ފޫ އަޅުވާލަން އިދިކޮޅަށް ޖާގަލިބޭނެ ކަމެއްނޫން. އެފަދަ ކަމަކަށް ޖާގައެއް ނެތް. ނުވެސް ލިބޭނެ. ތިޔަހެން ހީކޮށް ޕާޓީ ބޭއްވި ހަދާންވެސް އެބަހުރި. އެހެން ހީކޮށްގެން ތިއްބާ ނިކުމެ ކުރީ ބޮޑުތަނުން ބަލި." ނިހާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަސަން މުހައްމަދު

11-Sep-2020

ތެތާން ފެޑުވަފެއި ހިށީ ޕާޓީ ހަމާކަށް އެޑުވާކަށްނުން 😃 ތެތާން ފެޑުވަފެއި ހިށީ 😃 ރައްޔެތުންނަށް އަދި ރަށަށް 😃 ބޭނުންވޭ ކަންތެތިގެ ވާހަކަ 😃 ސަރުކާރަށް އަޑައިއްވާއް 😃 ޕާޓީ ޕާޓީ ކޭކަށްނުން 😃


-3

އަންނި

11-Sep-2020

ތަ ތެބެނީ ރަނގަޅަ ވާހަކާއް ޕާޓީ އެއި ނިކޮޅޭހެއް އެއްވިސް ބާކިންނަކަައް


4

އަންނި

11-Sep-2020

ތަ ތެބެނީ ރަނގަޅަ ވާހަކާއް ޕާޓީ އެއި ނިކޮޅޭހެއް އެއްވިސް ބާކިންނަކަައް



ޓްރެންޑިން