އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރި އެރުން ލިބުން ކަމަށް ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަ ގުޅިގެން ނާސިހު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޖޫރަ މަތިކޮށް އަދި
އުޖޫރައިގެ ހަމަަހަމަކަން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ސިވިލް ސާވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ އުޖޫރައިގެ ކުރިއެރުން ލިބުމަށް އުއްމީދުކުރައްވާ ކަމަށް ނާސިހު ވިދާޅުވި އެވެ.
"މި ދެންނެވި އުޖޫރައިގެ ހަމަހަމަކަން ގާއިމުވެގެން ދިއުމަކީ މުވައްޒަފުންނަށް ހިތްހަމަ ޖެހިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ތަަނަވަސްވާނެ މަގެއް ކަމާއި ސިވިލް ސާވިސްގެ ދާއިރާތަކަށް ގާބިލު މީހުން ހޯދުމުގައި ތަހައްމަލުކުރަން ޖެހޭ ދަތިތަކަށް ވެސް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއްކަން މި ފުރުސަތުގައި ފާހަގަ ކުރަން" ނާސިހު ނެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މުސާރަ ބޮޑުކުރަން ގޮވާލައި ޕެޓިޝަނެއް ވެސް ސިވިލް ސާވިސްގެ މުވައްޒަފުން މިދިޔަ އަހަރު ރައީސް އޮފީހަށް ހުށަހެޅި އެވެ.
ނިމިގެން ދިޔަ ވެރިކަމުގައި ވަނީ ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު