މިހާތަނަށް ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ސިސްޓަމް ތެރެއިން ބްލޮކްކުރަން ފަށާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބިދޭސީން ގާނޫނާ ގަވާއިދުގެ ތެރެއަށް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެެއްގެ ގޮތުން އެއްލައްކަ ފަންސާސް ހާސް ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ. އަދި މިހާރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ 3 ވަނަ ފިޔަވަހީގައި މައުލޫމާތުތައް ހޯދާފައިވާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް މަގު ފަހިކޮށްދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހްމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކްކުރަން ފަށާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު