މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ބާއްވަމުންދާ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވާން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން އެމްޑީޕީން މިރޭ ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވަނީ، ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާއަށް އެމްޑީޕީން ދޭން ޖެހޭ އެއްބާރުލުންދީ، އެ މުޒާހަރާގައި ޕާޓީގެ މެންބަރުން ބައިވެރިވުމަށް ގޮވާލާފައެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހޯދާ ކަމަށްވަންޏާ ޕާޓީއަކުން ކުރި ކަމުގައިވިޔަސް، ވަކިވަކި ފަރުދުން ކުރި ކަމުގައިވިޔަސް ކޮންމެ ކަމަކީ ވެސް ސިޔާސީ ކަންކަން ކަމަށެވެ. ނަމަވެސް ޒުވާނުންގެ އެ ހަރަކާތަކީ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ޒުވާނުންގެ އިހުތިޖާޖާއި ދޭތެރޭގައި ދައުލަތުން މިހާރު އަމަލުކުރަމުންދާ ގޮތުން، އެކަމާ ކަންބޮޑުނުވެ ތިބެވެން ނެތްކަމަށެވެ.
އެހެންކަމުން ޕާޓީގެ މެންބަރުން އެ މުޒާހަރާތަކުގައި ބައިވެރިވުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.
ޒުވާނުންގެ މުޒާހަރާތަކަށް ޕާޓީން ބައެއް އާލާތްތައް ފޯރުކޮށްދޭން ޒުވާނުން އެދިފައިވާކަން ވެސް ފައްޔާޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އެ އެހީތެރިކަން ޕާޓީން ފޯރުކޮށްދޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށްފަހު ގައުމީ މަޖިލީހުގެ މެންބަރުންވަނީ ޖަލްސާއިން ނުކުމެ ކާނިވަލުގައި ކުރިއަށްދިޔަ ޒުވާނުންގެ މުޒާހަރާއާ ގުޅިފައެވެ. އެ ހަރަކާތުގައި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވެސް ދަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު