މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އެވޯޑާއި މީޑިއާއަށް ދޭ އެވޯޑު މިއަހަރު ނެދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އާއި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރު ހޮވުމާއ,ި މަޢުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަ ކުރެވޭ މީޑިއާއަށް ޚާއްސަކޮށް މި އަހަރު މުޅިން އަލަށް ތަޢާރަފު ކުރުމަށް ހަމަހިޖެހިފައިވާ އެވޯޑު, މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ނުދޭ ގޮތަށް ނިންމާފައިވާކަމަށެވެ.

ނަމަވެސް އަންނަ އަހަރުން ފެށިގެން މި އެވޯޑުތައް ގަވާއިދުން ދޭނެ އެވެ. މީގެ ތެރެއިން މީޑިއާ އެވޯޑް ތައާރަފުކުރީ ވެސް މިއަދު އެވެ.

މި އެވޯޑުތަކަކީ ގާނޫނު އަސާސީގެ މާއްދާ 29 އިން އެކަށައަޅާފައިވާ ހައްގު، މައުލޫމާުތު ހޯދައި، ލިބިގަތުމުގެ ހައްގު ލިބިދޭކަން ކަށަވަރުކޮށް، އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑްތަކެކެވެ.

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވަމުން އައީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ފަސޭހަކަމާއެކު ޢާއްމުފަރާތްތަކަށާއި އެހެނިހެންވެސް ފަރާތްތަކަށް އެ މުއައްސަސާއެއްގެ މަސަކަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭ ތަންތަނަށް ބަލައިގެންނެވެ. އަދި މުއައްސަސާތަކުގެ ވެބްސައިޓުތައް ދަރަޖަކުރަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުން ހިމަނައިގެން އުފައްދަވާފައިވާ ޚާއްސަ ފަރާތްތަކަކުން ޖަޖުކޮށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ކަނޑައަޅާ އިންސައްތައެއް ހާސިލުކުރާ އިދާރާތައް 3 ދަރަޖައަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން