އަހުމަދު މަސްނޫމް   10 ސެޕްޓެމްބަރު 2020 - 18:43
މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ކުށުގައި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ ޝުޖާގެ މައްޗަށް އުފުލާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުގައި ހުރެ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މާލޭ ޕްލޭނިން ގަވާއިދުގައި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އުސްކޮށް ގެއެއް އިމާރާތް ކުރުމަށް ހުއްދަ ދިން މައްސަލާގައިކަމަށެވެ. ޕީޖީ އޮފީހުން ވަނީ މިމައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޝުޖާއުގެ މައްޗަށް މިމައްސަލަ ސާބިތުވެއްޖެ ކަމުގައިވާނަމަ 3 އަހަރު ދުވަހުގެ ޖަލު ހުމެއް ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުމަށް ހުކުމް ކުރެވޭނެއެވެ،

ސުޖާގެ މައްސަލަ ނިންމައި ޕީޖީއަށް އޭސީސިން ހުށަހަޅާފައިވަނީ އިއްޔެގައެވެ. އޭސީސީ އިން ބުނެފައިވަނީ މާލޭގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ސުޖާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން