ރީކޯ މޫސާމަނިކު
ރީކޯ މޫސާމަނިކު
މިނިވަންކަމާއެކު ޤަލަމުގެ ބޭނުންކުރުން މިއޮތީ މުސީބާތަކަށްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމްވެސް އަދާކުރަށްވާފައިވާ ރީކޯ މޫސަ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރީކޯ ވިދާޅުވީ، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބޭނީ ސިޔާސީޕާޓީތަކަށް ފައިސާދޭ އުސޫލުން ނޫސްތައް ދަރަޖަކުރެވިގެން ދައުލަތުގެ ބަޖެޓުން ނޫސްތައް ހިންގުމަށް ފައިސާދީގެން ކަމަށެވެ.

"އަންނަ ކޮންމެ ސަރުކާރެއްގައި އާދޭސްކޮށްގެން ސަރުކާރުގެ ވެރިންގެ މޮޅުވާހަކަ ލިޔާގޮތަށް ސަރުކާރު ކުންފުނިތަކުގެ ސްޕޮންސަރ ދީގެން އެއްބަޔަކު ޚަބަރު ލިޔާއިރު، އިދިކޮޅު ޚަބަރު ލިޔާ ނޫސްތައް މިޖެހެނީ ކުރިއަށް އޮންނަ އިންތިޚާބަށް ކުރިމަތިލާ ކެނޑިޑޭޓުންދޭ ސްޕޮންސަރގަ ނޫސްލިޔަން." ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި މިނިވަންކަމާއެކު ޤަލަމުގެ ބޭނުން ކުރުން މިއޮތީ މުސީބާތަކަށްވެފައި ކަމަށް ރީކޯ މިއަދު ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަން ދެނެގަތުމަށް "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރްއެސްއެފް) އިން އެކުލަވާލާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ މިދިޔަ އަހަރަށްވުރެ 2 ދަރަޖަ ކުރިއަށް ޖެހިލާފައެވެ.

ނަމަވެސް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމަށް އުނދަގޫ ގައުމުތަކުގެ ގިންތީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން