އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 6 މަސް ދުވަސްތެރޭ ހައްލު ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ މި ދެ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ މިންވަރަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރެވިގެން ދާނެ ކަމަށެވެ.
އަދި މި މަޝްރޫއު ރޭވިފައިވަނީ ދެ ސިޓީގައި ޓޫރިޒަމް ފުޅާވަމުން އަންނަ މިންވަރަށް ވެސް ރިއާޔަތްކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މަޝްރޫއުގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގެ ކަރަންޓު ކެޕޭސިޓީ އެއްވެސް ދަތިކަމެއްނެތި ކަރަންޓު އުފެދޭ މިންވަރަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ސިޓީގެ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އަޑުއުފުލާފައެވެ. އަދި އެ ސިޓީގެ ރައްޔިތުން ވަނީ މިކަމުގެ ސަބަބުން މިދިޔަ ރޯދަމަހު އިހުތިޖާޖުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު