ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ހުއްޓާލައި، ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭން އިސްކަންދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރު މިހެން ގޮވާލައްވާފައިވަނީ އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ނުރައްކާތެރި ޖަރާސީމެއް އާލާވެ، އެ ޖަރާސީމުގެ ސަބަބުން އެތައް ކުދިންނަކަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ދިމާވި މައްސަލަ ފެންމަތިވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މޭޔަރު ވިދާޅުވީ އައިޖީއެމްއެޗުން، ޑިސްއިންފެކްޓަންޓް ހުސްވެފައި ހުއްޓައި، އައިޖީއެމްއެޗްގެ ތުއްތު ކުދިންނަށް ފަރުވާ ދޭ ޔުނިޓް، (އެންއައިސީޔޫ) ގައި ނުރައްކާތެރި ބައްޔެއް ފެތުރި ގިނަ ކުދިންތަކަކަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އަދި އެ ކުދިންގެ ހާލު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުން އަދި ރާއްޖޭގެ ގިނަ ރައްޔިތުން، ޞިއްޙީ ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ސިއްޙީ ޚިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
"އެތައް ރައްޔިތުންނެއް ދަނީ ބޭސް ފަރުވާއަށް ސަލާމް ޖަހައި، ބޭސް ސިޓީއަށް ބޭސްނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުން" މޭޔަރު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ޞިއްޙީ ފަރުވާ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް އިސްކަންދިނުމަށް ގޮވާލައްވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗްގެ އެންއައިސިޔޫގައި ފަރުވާދިން ކުދިންތަކަކަށް ނުރައްކާތެރި ބެކްޓީރިއާއެއްގެ ސަބަބުން ބަލިޖެހިފައިވާކަން އެ ހޮސްޕިޓަލުން ހާމަކުރީ ބުރާސްފަތި ދުވަހުގައެވެ. އޭގެ ތެރެއިން ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން، ޑިސްއިންފެކްޓަންޓް ހުސްވެފައި ހުއްޓައި، އައިޖީއެމްއެޗްގެ ތުއްތު ކުދިންނަށް ފަރުވާ ދޭ ޔުނިޓް، އެންއައިސީޔޫގައި ނުރައްކާތެރި ބައްޔެއް ފެތުރި ގިނަ ކުދިންތަކަކަށް އެ ބަލި ޖެހި އެ ކުދިންގެ ހާލުވަނީ ވަރަށް ބޮޑަށް ދަށްވެފައި. މާލެ ސިޓީގެ ރައްޔިތުން އަދި ރާއްޖޭގެ ގިނަ…
— Mayor of Male’ City - Adam Azim (@adamazim) May 3, 2025
އައިޖީއެމްއެޗްގެ އެންއައިސިޔޫގައި ފަރުވާދިން ކުދިންތަކަކަށް ނުރައްކާތެރި ބެކްޓީރިއާއެއްގެ ސަބަބުން ބަލިޖެހިފައިވާކަން އެ ހޮސްޕިޓަލުން ހާމަކުރީ ބުރާސްފަތި ދުވަހުގައެވެ. އޭގެ ތެރެއިން ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު