ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިދިޔަ އަހަރު އެންމެ ގިނައިން ފައިސާ ބޭރުކުރީ ބަންގާޅަށް ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކުން ޢާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖޭން ރެމިޓެންސްގެ ގޮތުގައި 115 މިލިއަން ޑޮލަރު ރާއްޖޭން ބޭރަށް ފޮނުވާފައިވެއެވެ.

އޭގެތެރެއިން ބަންގާޅަށް ފޮނުވާފައިވާ ފައިސާގެ ނިސްބަތް ހުރީ 72 އިންސައްތައިގައެވެ. އަދި ނޭޕާލަށް 5 އިންސައްތަ ފޮނުވާފައިވާއިރު މިސްރާއި ފިލިޕީންސް ކުރެ ކޮންމެ ޤައުމަކަށް 4 އިންސައްތަ ފޮނުވާފައިވެއެވެ. އޭގެ އިތުރުން އިންޑިއާ އަށް ފޮނުވި ނިސްބަތް ހުރީ 2 އިންސައްތައިގައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރެމިޓެންސްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި ފައިސާގެ ތެރެއިން 92 އިންސައްތައަކީ ބިދޭސީން ބޭރުކުރި ފައިސާ އެވެ. އަދި ދިވެހިން ބޭރުކުރި ފައިސާގެ ނިސްބަތް ހުރީ 8 އިންސައްތައިގައެވެ.

މިދިޔަ އަހަރު 115 މިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު އޭގެ ކުރީ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުކުރީ 72 މިލިއަން ޑޮލަރެވެ.

ރެމިޓެންސްގެ ގޮތުގައި ރެކޯޑު ކުރެވިގެން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައިވެސް ބިދޭސީން ބޭރުފައިސާ ގިނަ އަދަދަކަށް ރާއްޖެއިން ބޭރުކުރާކަން ކަމާބެހޭ ފަރާތްތަކުން މީގެކުރިން ފާހަގަ ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން