ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ބަރުލަމާނީ ނިޒާމާއި ޕްރިފަރެންޝަލް ވޯޓިންްއަށް ބަދަލުވުމުން ރާއްޖޭގެ އެތައްކަމެއް އިސްލާހުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕްރިފަރެންޝަލް ވޯޓިންްގެ ނިޒާމު ނުވަތަ ރިޔާސީ އިންތިޚާބު އެއްބުރުން ނިންމުމުގެ ބަހުސް އަލުން ފެށިފައި މިވަނީ ރައީސް ޑރ. މުޢިއްޒު އެ ވިސްނުން ގެންގުޅުއްވާކަން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ޙިއްސާ ކުރަށްވާފައިވާ ކަމަށް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. އަދި ރައީސް ނަޝީދަކީ ރާއްޖޭގައި އޮންނަން ކަމުދަނީ ބަރުލަމާނީ ނިޒާމެއްކަމަށް ވިދާޅުވެ ފެށުނީއްސުރެ އެކަމަށް ވަކާލާތު ކުރަށްވާ ބޭފުޅެކެވެ.

ރައީސް މުޢިއްޒުގެ އެވިސްނުންފުޅަށް ތާޢީދު ކުރަށްވާކަން ހާމަ ކުރަށްވަމުން ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ ރާއްޖޭގެ ވަރަށްގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.

“ވަކި ވެރިއެއްގެ މައްސަލައެއް ނޫން.” ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމާއި ޕްރިފަރެންޝަލް ވޯޓިންްއަށް ބަދަލުވެއްޖެނަމަ އެތައްކަމެއް އިސްލާޙު ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން ނިންމުމާމެދު ޢާއްމުންގެ ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާކަން ހާމަކުރަށްވާފައެވެ.

ގާނޫނު އަސާސީގައި މިހާރު އޮންނަގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު މެޖޯރިޓީ އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާ ހާލަތުގައި، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހެއެވެެ. އަދި ރައީސް ކަމަށް ބޭފުޅަކު އިންތިހާބުވެ ވަޑައިގަންނަވަނީ ވޯޓު ދިން މީހުންގެ 50 އިންސައްތައަށްވުރެ އިތުރަށް 1 ވޯޓު ހޯއްދަވައިގެންނެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން