ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު
ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރު
ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް ޢަލީ ޒާހިރާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމައި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވުމަށް އެ ކޮމިޝަނުން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މި ތަހުގީގަކީ ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބެލި މައްސަލައެކެވެ. މި ތުހުމަތުތަކަށް ދެ ފަނޑިޔާރުންވެސް ވަނީ އިންކާރު ކޮށްފައެވެ.

އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމި ނިންމުން ޖޭއެސްސީގެ މިއަދު ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ބޭފުޅުން މަޤާމުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.

ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ހިމެނެނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި ރައީސްގެ މެންބަރު ޔަޒްމީދް މުހައްމަދާއި ވަކީލުންގެ ތެރެއިން ކޮމިޝަނަށް އައްޔަނު ކުރަށްވާފައިވާ ވަކީލު އަލީ އަބްދުއްލަތީފެވެ.

މި މައްސަލައިގެ އިތުރުން ހައިކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުބަހުން އޭނާއަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން