މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރުމަށް ފަހު އެ ގަރާރު ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ.
ނަމަވެސް އެ ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 11 މެމްބަރުން ނެވެ. ނުފެންނަކަމަށް 61 މެމްބަރަކު ވޯޓު ދެއްވި އެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ރިޔާސަތުން މަޖިލީހުގެ މަސައްކަތް ތަކަށް ހުރަސް އަޅާކަމަށް ބުނެ ގިނަ މައްސަލަތަކެއް ފާހަގަކުރި އެވެ. ނަމަވެސް އެ ގަރާރުގެ ބަހުސްގައި ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ވަނީ މީކާއިލްގެ ވާހަކަތަކުގައި ބުރަދަނެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސަތާ ގުޅޭ ގޮތުން މީކާއިލް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި މަގުބޫލު ސަބަބެއް ނެތި މަޖިލީހުގެ ގަވައިދުން ޖަލްސާތައް ނުބޭއްވުމާއި ބައެއް ވަޒީރުންނާ ސުވާލުކުރުން މަޖިލީހުގެ އެޖެންޑާގައި ހިމެނުމުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ، ލަސްކުރައްވާ ކަމުގެ ތުހުމަތު ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު