ރާއްޖޭގައި ތިބެގެން ތެެލެސީމިއާއަށް ފުރިހަމަ ފަރުވާ ލިބޭގޮތަށް ހަދަން މަސައްކަތްކުރައްވާނެ ކަމަުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލެސީމިއާ ކޮމިއުނިޓީއަށް މިއަދު ދެއްވައިފި އެވެ.
ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭޢްވި ބައްދަލުވުމުގައި އެ ކޮމިއުނިޓީއަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްގީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް ކޮމިޓީން އދި
ތެލެސީމިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އަައްސަވައި ރައީސް ވިދާޅުވީ އެ ބޭފުޅުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް މުއިއްޒު ދެއްވި އެެވެ.

ކިޔުންތެރިންގެ ހިޔާލު