ހުޅުމާލޭން ސްކޫލަށްދިޔަ 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ހުޅުމާލެ ފޭސް ދޭކުން ސްކޫލަށް ދިޔަ އަންހެން ކުއްޖެއް ކަމަށެވެ. ފުލުހުންނަށް އެމައްސަލަ ހުށައަޅާފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.
“ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި.” ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން ކަމަށެވެ.
އަދި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު