ރާއްޖޭގައި ޤާއިމްވެތިބި އިންޑިޔާގެ 74 ސިފައިން މިހާރު ފޮނުވާލާފައިވާ ކަމަށާއި، އެމީހުން ހަތިޔާރު ގެންގުޅެފައިނުވާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ދިފާޢީ ވަޒީރު ޣައްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މިއަދު ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ވަޒީރު ޣައްސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު ރާއްޖޭގައި ތިބި އިންޑިއާގެ 74 ސިފައިން ހަތިޔާރު ގެންގުޅެފައިނުވާ ކަމަށެވެ. އަދި އިންޑިއާއާއެކު ވީ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ އިންޑިއާ ސިފައިން ފޮނުވައިލި ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން މިއަދު ވިދާޅުވީ ހަނިމާދޫގައި ތިބި 25 ސިފައިން ފޮނުވާލި ކަމަށާއި، ކައްދޫގައި ތިބި 25 ސިފައިން ފޮނުވާލި ކަމަށާއި، ސ. ގަމުން 24 ސިފައިން ފޮނުވާލި ކަމަށެވެ.
ހަމައެއާއެކު ވަޒީރު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރަންޖެހޭނީ ދިވެހިންނާއި ދިވެހި އަސްކަރިއްޔާއިން ކަމަށެވެ. އެހެންކަމުން، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވަޒީރު މިއަދު ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން ރައީސް މުޢިއްޒުގެ ރިޔާސަތުގައި ރާއްޖޭގެ ދަރަންޏެއް ޑިފޯލްޓް ވެފައި ނުވާކަމަށާއި، އެހެން އެކަން އޮތުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި ޑްރޯން އަދި މިސައިލް ފަދަ ވަސީލަތްތައް ހޯދުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ތަކެއް ތުރުކީން ގެނެސްފައެވެ. އަދި، މިފަހުން ދިވެހި އަސްކަރިއްޔާއަށް ވަނީ ޒަމާނީ ޓޭންކަރުވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު