ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވަކި އަތަކަށް ޖެހިފައިވާކަމަށް ބުނެ އިދިކޮޅުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ނަމަވެސް އެ ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުން އެކަންޏެވެ. އެހެންވެ އެ ގަރާރު ވަނީ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފަ އެވެ.
ގަރާރުގައި ބުނެފައިވާގޮތުން އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ދީނީ, އިގުތިސާދީ އަދި ގައުމީ އަދި އެހެނިހެން ދާއިރާތަކުން ރައްޔިތުންނަށް މައުލޫމަތާއި ކަން ހިނގާ ގޮތް އަންގައިނުދީ ވަކިވަކި ޖަމާއަތްތަކަށާއި ފަރުދުންނަށް ވެސް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ނުގެންގުޅޭ ކަަމަށެވެ.
އަދި ޕީއެސްއެމްގެ އެޑްވަޓޯރިއަލްގެ މިނިވަންކަން ނަގާލައި ވަކި ފަރާތްތަކެއްގެ ޒާތީ އަދި ސިޔާސީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރާކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެހެންވެ އެ މައްސަލަތަކާމެދު މަޖިލީހުގައި ބަހުސްކުރަން އޭނާ ހުށަހެޅުއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު