ފޮޓޯ: ހެލްތް މިނިސްޓްރީ
ފޮޓޯ: ހެލްތް މިނިސްޓްރީ
ރާއްޖޭގެ ސިއްހީ ދާރިއާއަށް ބޭނުންވާ މުހިންމު ކަންކަމަށް އެހީތެރިވުމާއި ގުޅޭގޮތުން ރާއްޖެ ވަޑައިގެން އުޅުއްވާ ބުރޫނާއީގެ ވަފްދާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، އެ ޓީމާ އެކު ބޭއްވުނު ބައްދަލުވުންތަކުގައި ގިނަ ކަންތައްތަކަށް މަޝްވަރާ ކޮށްފައިވާކަމަށެވެ. އެގޮތުނުް، ކެންސަރަށް ފަރުވާދިނުމުގެ ހިދުމަތްތައް ތަރައްގީކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުމާއި، އާބަން ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ހަރުދަނާ ކުރުމާއި ހަކުރުބައްޔަށް ހޭލުުންތެރި ކުރުމާއި ނަފްސާނި ބަލިތަކަށް ހާއްސަ ނަރުހުން އުފެއްދުމާއި ގުޅޭގގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އޭގެ އިތުރުން މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދުމަށް ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ޕަބްލިކް ހެލްތާ ގުޅުން ހުރި މޯބައިލް އެޕްލިކޭޝަނެއް ތައްޔާރު ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ދެން މަޝްވަރާކުރި އަނެއްކަމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުހެލިކުރުމަށް ސެޒޭޝަން ކްލިނިކް ހިންގުމާއި ގުޅޭ މަޝްވަރާތަކެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.

ބުރޫނާއިގެ ޓީމުން ވަނީ އައިޖީއެމްއެޗާއި ދަމަނަވެށި ފަދަ ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން