މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބުރަކޮށް މަސައްކަތްކުރަށްވާ ކަމަށާއި، މަޖިލީހުގެ ތަޅުމުން ފެންނަނީ މެންބަރުންގެ މަސައްކަތުގެ ކުޑަ މިންވަރެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުން މަސައްކަތް ނުކުރާ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ޤަވާއިދުން ނުބާއްވާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަބްދުއްރަޙީމް މިއަދު ވިދާޅުވީ މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާ ތަނަކީ ކޮމިޓީތައް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަދުނާމުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދެއްކެވުމަކީ ހިތާމަ ކުރަށްވާ ކަމެއްކަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

“މިހެން ދަންނަވާލަން ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ.” އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު މަޖިލީހުގެ ތަޅުމުން މެންބަރުން މަދުވުމަކުން، ނުވަތަ މަޖިލީހުގެ ޖަލްސާއެއް އަވަހަށް ނިންމާލުމަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތް ނިމުނީ ނޫންކަން އަބްދުއްރަޙީމް ފާހަގަ ކުރެއްވިއެވެ.

އޭގެއިތުރުން މަޖިލީހުގެ ތަޅުމުގައި ކުރަނީ ކޮމިޓީތަކުން ކުރާ މަސައްކަތުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު މަސައްކަތެއް ކަމަށް ވިދާޅުވެ އަބްދުއްރަޙީމް މިއަދު ވަނީ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން