މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އިރުފުށި ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނުގެ އަރިހުގައި ޝިޔާމް (ކ)
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އިރުފުށި ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނުގެ އަރިހުގައި ޝިޔާމް (ކ)
ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން އެ ބޭންކަށް އަންގާ އަމުރުކުރާ ކަމަށެވެ.

އެ އަމުރު ނެރެފައިވަނީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުންނެވެ. ސިވިލް ކޯޓުން ބުނެފައިވަނީ އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. މީގެ ކުރިން އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސަން ޓްރެވަލްސްއަށް އަންގާފައެވެ. އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށައަޅާފައެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ފަހުން ހައި ކޯޓުން ބާތިލްކުރީއެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން