ހިންނަވަރު އައުޓްޑޯރ ޖިމް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
ހިންނަވަރު އައުޓްޑޯރ ޖިމް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު ޕްރޮގްރާމު. ޕީ. އެސް. އައި. ޕީގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަ ކޮށްފިއެވެ.

އާރްޑީސީން ބުނީ މި ޕްރިގްރާމުގެ ދަށުން ޅ. ހިންނަވަރުގައި އައުޓްޑޯރ ޖިމް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ކާރބް ސްޓޯން ޖެހުމާއި ފުޓިންގް ރެއިންފޯސްމަންޓް މަސައްކަތް ކަމަށް އާރްޑީސީން ވަނީ ހާމަ ކޮށްފައެވެ.



އަދި އދ. މަހިބަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ދާކަމަށް އާރްޑީސީން ވަނީ ހާމަ ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ ކުރީގެ ފުޓްސަލް ދަނޑުގެ ވަށާފާރު ތަޅާލުމުގެ މަސައްކަތެވެ.



ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓު ޕްރޮގްރާމުގެ ދަށުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ގިނަ ޕްރޮޖެކްޓުތަކެއް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން