ރާއްޖެއިން ލިބިދޭ ހުރިހާ ފުރުސަތަކާއި، ހައްގުތަކެއް ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ގޮތުން އަޅުގަނޑުމެން އެންމެން ސާބިތުކޮށްދޭން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ ތެލެސީމިއާ ތަހައްމަލު ކުރާ ކޮންމެ ކުއްޖަކު ދުވާލާއި ރޭގަނޑު އުނދަގޫ އެތައްކަމެއް ބަރުދާސްތުކުރާ ކަމަށެވެ.
އަދި އެކުދިންނަށް ގަވައިދުން ފަރުވާ ދިނުމަށް އިސްކަން ދިނުމަމީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއަކަށްވާއިރު އެ ކުދިންނަށް ބޭނުންވަނީ ފަރުވާ އެކަނި ނޫންކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހެއެވެ." ރައީސް ވިދާޅުވި އެވެ.
ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމައު ބައިވެރިވުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
"އަދި އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްގީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިހުސާސްތަކާއެކު އެ ކުދީންނާ މުއާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެމެވެ." ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ތެލެސީމިއާ ކުދިންނަސް ވީ ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ތެލެސީމިއާގެ ފަރުވާގެ ކަންކަން ބޮއްސުންލާފައި އޮތް ކަންކަން ހަމަ މަގަށް އަޅުވަން ކުރާ މަސައްކަތުގައި ތެލެސީމިއާ ކުދިންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު