ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ޗެނަލް 13 އިން ގެނެސްދިން ކޮންޓެންޓާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން އެމައްސަލަ ބެލުމަށްފަހު ފިނި އިންޒާރަކުން އެކަން ނިންމާލައިފިއެވެ.
ޗެނަލް 13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި މީހަކު ވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ބްރޯޑްކޮމްއިން ނިންމި ނިންމުމުގައި ވަނީ، ޗެނަލް 13 އިން މާފަށް އެދެން އަންގައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ޗެނަލް 13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓުގައި "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް، ވާހަކަ އަކީ އިބްރާހިމް މުހައްމަދު ޞާލިޙް ގައިގައި އަލިފާން ޖަހަން،" ކަމަށް ގޮވާލާ ދައްކާފައިވާ ވާހަކައަކީ ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް ބްރޯޑްކާސް ކޮށްފައިވާ ކޮންޓެންޓެއް ކަމަށެވެ.
ބްރޯޑްކޮމް އިން އެ ސްޓޭޝަނަށް އަންގާފައިވަނީ މާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހަކު އެ ޗެނަލްގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހެއްގެ ރޭގަނޑު 8 އާއި 9 އާ ދެމެދުގެ ވަގުތެއްގައި ވެސް، މާފަށް އެދޭ ބަޔާން އާންމު ކުރަން އަންގާފައެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
މިކަމާއި ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްރޮގްރާމަށް ގުޅި މީހާ ފާޅުކުރީ އެމީހާގެ އަމިއްލަ ޚިޔާލު ކަމަށާއި ޓެރަރިޒަމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލަކަށް އެޗެނަލުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހާގެ ކޯލު އެވަގުތު ކަނޑާލި ކަމަށް ވެސް އެ ސްޓޭޝަންގެ ބަޔާނުގައިވެއެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (SPCOM-02/2020)https://t.co/fIUAeCXVUY
— MVbroadcom (@broadcomMV) September 10, 2020
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުމުން ދެވޭ އިންޒާރު (ޗެނަލް 13)https://t.co/pVlRbEsJLl pic.twitter.com/jWlBkjyUCz
ބްރޯޑްކޮމް އިން އެ ސްޓޭޝަނަށް އަންގާފައިވަނީ މާފަށް އެދި ބަޔާނެއް ނެރުމަށާއި އަދި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހަކު އެ ޗެނަލްގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމް ފެށުމުގެ ކުރިންނާއި އަންނަ ހޯމަ ދުވަހުގެ ކުރިން ދެ ދުވަހެއްގެ ރޭގަނޑު 8 އާއި 9 އާ ދެމެދުގެ ވަގުތެއްގައި ވެސް، މާފަށް އެދޭ ބަޔާން އާންމު ކުރަން އަންގާފައެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
މިކަމާއި ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްރޮގްރާމަށް ގުޅި މީހާ ފާޅުކުރީ އެމީހާގެ އަމިއްލަ ޚިޔާލު ކަމަށާއި ޓެރަރިޒަމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލަކަށް އެޗެނަލުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މީހާގެ ކޯލު އެވަގުތު ކަނޑާލި ކަމަށް ވެސް އެ ސްޓޭޝަންގެ ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު