ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުން
މިދިޔަ މަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއް ހުޅުވާލައިފި އެވެ.

މި ޕޯޓަލް ހުޅުވާލާފައިވަނީ މިއަދު އެވެ.

އިންކުއަރީ ކޮމިޝަނުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯ، ވީޑީއޯ އަދި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތެއް ކޮމިޝަނާއި ހިއްސާ ކުރަން ބޭނުންވާނަމަ އެ އެއްޗެހި ހިއްސާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ.

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓުނު ހާދިސާ ހިގާފައިވަނީ މިދިޔަ މަހު 18 ގައެވެ. މި މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއް ކުރުމަށް ހާއްސަ ކޮމިޝަނެއް ރައީސް އުފެއްދެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން