ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަން ނިންމައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދިވެހި ދައުލަތަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބައިނަލްއަގްވާމީ މާހިރުންގެ ލަފާ ލިބިފައިވާ ކަމަށެވެ.
އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުމަށް ނިންމާފައިވާ ކަމަށާއި، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ވެސް ހިމެނޭ ގޮތަށް ކަމަށް ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެ ސިޓީ އަނބުރާ ގެންނަން ނިންމިކަން މި ފަޚްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހާ ރައްޔިތުންގެ ހައްގުގައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި އަޅުގަނޑު އިއުލާނުކުރަން." ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް މުއިއްޒު މިއަދު ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރިޔާސީ ކޮމިޝަނެއް އުފައްދައި ކުރީ ސަރުކާރުގެ އެނިންމުން ނިންމުމުގައި ބައިވެރިވި ފަރާތްތަކުގެ ތަހުގީގެއް ކުރިއަށް ގެންދަން ނިންމެވި ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެފަރާތްތަކާ ސުވާލުކޮށް، އެކަމުގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި މައްސަލައިގެ ފަހަތުގައި ވަނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ގަބޫލުކޮށް، 2022 ވަނަ އަހަރު ފޮނުވި ސިޓީއަކާއި، އޭގެ ފަހުން އިޓްލޮސް އިން ކުރި ހުކުމް ކަމަށެވެ. އަދި އެ ހުކުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އުނިވެފައިވާތީ، ސަރުކާރުން އަންނަނީ އެ ސަރަހައްދު އަނބުރާ ހޯދުމަށް ގާނޫނީ މަސައްކަތްތަކެއް ކުރަމުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިއަދު އިއުލާން ކުރެއްވި ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަގްސަދަކީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމާއި ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު