ކޮވިޑް-19 24 ގަޑިއިރުގެ ތެރޭގައިރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 66 ތިރިވެ، 271 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދުގެ ހަކާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 66 މީހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީންނެވެ. މިއަދު 63 ކޭސް ރިޕޯޓު ކޮށްފައިވަނީ ގްރޭޓާ މާލެ ސަރަހައްދުން ކަމަށާއި، ތިން ކޭސް ރިޕޯޓު ކޮށްފައިވަނީ އަތޮޅު ތަކުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި 66 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު ޖުމްލަ އަދަދު ވަނީ 8900 އަށް އަރާފައެވެ. ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 6559 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 2304 ކޭސް އެވެ.

މީގެ އިތުރުން 1029 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިބި ކަމަށާއި، 134 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މިހާތަނަށް ކޮވިޑް ޓެސްޓް ހެދުމަށް 126،675 ސާމްޕަލް ނަގާފައިވާއިރު، މިބަލީގައި ރާއްޖެއިން މިހާތަނަށް 31 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުގެ އަދާހަމަ މައުލޫމާތުގައިވާ ގޮތުން މިވަގުތު އަތޮޅުތަކުގެ ރަށްތަކުގައި 25 މީހަކަށް ބަލިޖެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އަދި 22 ރިސޯޓެއްގައި 17 ފަތުރުވެރިއަކަށާއި 41 މުވައްޒިފަކަށް ބަލިޖެހިފައި އެބަތިބި ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި ވަނީ ގދ. ހޯޑެއްދޫއާއި މަޑަވެއްޔެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން