ސީރިއާގައި ވެރިކަން ކުރަމުންދާ ހައްދު ފަހަނައަޅާފައިވާ އައިސިސް ފިކުުރުގެ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ގަތަރުން ހަމަޖައްސަދޭން ނިންމައިފި އެވެ.
އެމެރިކާއާއި ގަލްފު އަރަބި ގައުމުތަކުގެ މަދަދާއެކު ޓެރަރިސްޓް ޖަމައާތަތްތަކުގެ ލިސްޓުގައި ވެސް އޮންނަ ތަހުރީރު އަލް ޝާމް ގްރޫޕުން ސީރިއާގެ ވެރިކަން ވައްޓާލީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ސުންނާފަތިވެފައިވާ ސީރިއާގެ އިގުތިސާދުވެސް ހަލާކުވެފައި އޮތުމާއެކު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތް އޮތީ ނުވެފަ އެވެ.
ނަމަވެސް ކުރިންވެސް ސީރިއާގެ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން އަންނަ ގަތަރުން މިހާރު ވަނީ ސީރިއާގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭން 87 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭން ނިންމައިފަ އެވެ.
އެ ފައިސާއިން ސީރިއާގެ ސަރުކާރުގައި ސިއްހީ، ތައުލީމީ، އަދި ސޯޝަލް ދާއިރާތަކަގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދޭނެ އެވެ.
އެ ފައިސާ ގަތަރުން ސީރިއާ ސަރުކާރަށް ދިނުމަށް އެމެރިކާއިން ވެސް ހުއްދަ ދީފައިވާ ކަމަށް ރޮއިޓާސްއިން ވަނީ ބުނެފަ އެވެ.
ސީރިއާގައި ވެރިކަން ކުރާ އެޗްޓީއެސްއަކީ ކުރިން އައިސިސްއާ ގުޅުން އޮތް ޖަމާއަތެކެވެ. ހުދު އެ ޖަމާއަތުގެ ލީޑަރު އަހުމަދު އަލް ޝަރާ އަކީ އައިސިސްގެ ކުރީގެ ލީޑަރު އަބޫބަކުރު އަލް ބަގުދާދީއާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ވެރިކަމަށް އައުމަށް ފަހު އަލް ޝަރާގެ ސަރުކާރުގެ ހަނގުރާމަވެރިން ދަނީ ކުރިއެކޭ އެއްގޮތަށް ސީރިއާގައި ގަތުލު އާންމުތައް ހިންގަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު