މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތު އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.
މެލޭޝިއާގައި ޔުމްނުއަށް މިހާރު ފަރުވާ ދެމުންދާ އިރު މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ ހޭއަރައިފަ އެވެ. އަދި ރޭ އޭނާގެ އާއިލާގެ މީހަކު މީޑިއާތަކަށް ދިން ލައިވް އިންޓަވިއުއެއްގައި ބުނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި ހަތަރު މީހަކުވެސް ތިބި ކަމަށެވެ. އޭގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު އާއި ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލް ޣަފޫރުވެސް އެތަނުގައި ހުރި ކަމަށް އޭނާބުނެފައި ވެއެވެ.
އެހެން ނަމަވެސް އެކަން ސީދާ ހިނގިގޮތެއް އާއިލާއިން ވެސް ކިޔައެއް ނުދެއެވެ.
ޔުމްނުގެ އާއިލާއިން ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ޔުމްނު ވެއްޓުނުކަން އެނގި ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރި ކަމަށެވެ. އެހެން ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އޭނާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވެސް ނުލިބި އޮތީ ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.
"އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ. މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެކެވެ. އެގޮތުން، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ." ފުލުހުން އިތުރަށް ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު