އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހަންމަދު
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހަންމަދު
ބަލިމަޑުކަމުގެ ބޮޑު ކާރިސާ އެއް ކުރިމަތިވި ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ދެތިން ހަތަރު މަހު މުސާރަ ދެވޭވަރު ވާންޖެހޭނެ ކަމަށާއި އެގޮތަށް ދުރާލައި ޕްލޭންތައް ރާވައި ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހަންމަދު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ކޮވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހީނަރުކަމާއެކު ބޮޑެތި ފިލާވަޅު ތަކެއް ލިބިފައިވާ ކަމަށެވެ. މިހާލަތުން އަރައިގަތުމަށް މިހާރު ވެސް ގިނަ ވަގުތު ތަކެއް ލިބިފައިވާ ކަމަށާއި، ރާއްޖޭގެ ހާލަތު މިހާ ދަށައް ދިޔައީ މިކަމަށް ދުރާލައި ތައްޔާރުވެފައި ނެތުމުން ކަމަށް ތޮއްޔިބު މުހަންމަދު ވިދާޅުވިއެވެ.

"ރާއްޖެ އަށް ކުއްލިއަކަށް މިކަން ދިމާވުމުން ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މުސާރަ ދޭހާ ވަރުވެސް ނެތް. މިއީކީ މިކަން ވާންޖެހޭ ގޮތެއް ނޫން. ގައުމު ވަކި ހިސާބަކުން މިހާ ދަށު ދަރަޖަ އަކަށް ދާން މިޖެހެނީ އެވަރަށް ވިސްނިފައި ނޫނީ އެވަރަށް ޕްލޭންކުރެވިފައި ނެތީމަ. ސަސްޓެއިން ކުރުމަކީ ތިމާވެށި އެކަނި ސަންޓެއިން ކުރުން އެކަންޏެއް ނޫން." ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މިފަދަ ކާރިސާތަކުން އަރައިގަނެވޭނީ ޕްރައިވެޓް ސެކްޓައާއި ސަރުކާރުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. ދުރާލައި މިކަހަލަ ބަލިމަޑުކަމާއި ކާރިސާގެ ހާލަތްތަކަށް ރާއްޖެ ތައްޔާރުވެ ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭން ކޮށްފައި އޮތްނަމަ މިހާލަތު ރާއްޖެ އަށް ކުރިމަތިނުވާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އެހާ ބޮޑު ބަލިމަޑުކަމަކަށް ނުދެވޭ ވަރުވާން. މިއީ ހަމައެކަނި ސަރުކާރުން އެކަނި ކުރަންޖެހޭ ކަންތައްތަކެއް ނޫން. ޕްރައިވެޓް ސެކްޓާ އާއި އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއް މިއީ. މިކަން ކަމަކީ ދުރާލައި ރޭވިގެން ކުރަންޖެހޭ ކަންކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހީވަނީ ކޮވިޑް މިއީ ރަނގަޅު ފިލާވަޅެއް ހެން އަލުން ކަންކަން ރޭވިގެން އާ ގޮތްތަކަކަށް ކުރިއަށްދާން." ތޮއްޔިބު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓިގެންދިޔައެވެ. މިއީ ފަހުގެ ތާރިޚެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުނު ފުރަތަމަ ފަހަރެވެ. ފަތުރުވެރިން އައުން ހުއްޓުމާއެކު މުސާރަ ނުދެވިގެން ރިސޯޓްތަކުން މުވައްޒަފުން ވަކިކޮށް މުސާރަ އުނިކޮށް، ބައެއް މުވައްޒަފުން ނޯޕޭލީވްގެ ނަމުގައި ވެސް ފޮނުވާލާފައި ވެއެވެ.

ޖުލައި މަހުގެ 15 ގައި އަލުން ބޯޑަރު ހުޅުވާލި ފަހުން މިދިޔަ އޮގަސްޓުމަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 1،145 އެއާޓްރެފިކް މޫމަންޓް ރެކޯޑުކުރެވިފައިވާ ކަމަށް އެއާޕޯޓުން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ބޮޑެތި އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭށް، އިއްތިހާދު، އެމިރޭޓްސް، ސްރީލަންކަން އަދި އެއާ އިންޑިއާއާއި ޓާކިޝްގެ އިތުރުން އިންޑިގޯ ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން