އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
2.0 ރާއްޖެއެއް ދިވެހިން ބޭނުމެއް ނުވާ ކަމަށާއި، ރައްޔިތުންގެ ކަރަށް އަތްބޭނުމުގެ ފުރުސަތު މިސަރުކާރަށް ނާރުވާނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 ޕްރޮގްރާމަށް އިޝާރާތް ކުރަށްވަމުން ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވެފައިވަނީ، މިސަރުކާރަށް ދެއަހަރު ފުރެން ދާއިރު ތަރައްޤީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ޤައުމު އޮތީ ވާނުވާގައި ކަމަށެވެ.

އަދި “ދިވެހީންގެ ރާއްޖެ” ސްކޭމުން “ 2.0 ދިވެހިރާއްޖެ” އަށް ދޮގު ފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަން ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

“ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ. ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ޙައްޤުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް. ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްޤީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން.” ޝާހިދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޝާހިދު ވިދާޅުވެފައިވަނީ، ސަރުކާރުން ތައްޔާރުވަމުން ދަނީ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އިންތިޚާބުތައް އޮޅުވާލައި، ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަންކުރަން ކަމަށެވެ. އަދި އެފުރުސަތު މިސަރުކާރަށް ރައްޔިތުން ނާރުވާނެ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.



އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި، އަދި އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި މިބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން